މަޝްހޫރު ފަންނާނުންނާ އެކު ފަސްމުގޫ ރޯދަ ސޭލްގެ ލަކީޑްރޯ މިރޭ

ފަސްމުގޫ ގްރޫޕުން މިދިޔަ ރޯދަމަހު ކުރިއަށްގެންދިޔަ “ފަސްމުގޫ ރޯދަ ސޭލް” ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން މިރޭ އޮންނާނެ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.

ފަސްމުގޫ ގްރޫޕުން ބުނި ގޮތުގައި  ލަކީޑްރޯގެ ނަސީބުވެރިން ހޮވުމަށް މަޝްހޫރު ފަންނާނުންއެކު ބާއްވާ މި ޝޯ އޮންނާނީ މިރޭ 9:00 ގައި އެ ފިހާރަ ކައިރީގައެވެ. މި ޝޯގައި ޕާފޯމްކުރާ ފަންނާނުންގެ ތެރޭގައި ޓިކްޓޮކް ޕްލެޓްފޯމްގައި މަޝްހޫރުކަންހޯދާ، ފިލްމީ ދާއިރާގައި ފިޔަޖަހަމުން އައި މަރިޔަމް ޝިފާ އާއި އައިމިނަތު ޝާނާ  އަދި  އަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ.

ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރު އިސްމާއީލް ޝަހީމް ބުނި ގޮތުގައި މި ޝޯއިން ފަސްމުގޫ ފިހާރައިން މިދިޔަ ރޯދަމަހު ކުރިޔަށްގެންދިޔަ ރޯދަ ފްރޮމޯޝަން”ގެ ގުރުއަތުލުމާއެކު، ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ އެވެ.

ފަސްމުގޫ ރޯދަ ޕްރޮމޯޝަން ލަކީޑްރޯ ނެގުމަށް މީގެ ކުރީ އަހަރުތަކުގައި ވެސް ތަރިންނާއެކު ކުލަގަދަ ޝޯ ތަކެއް ވަނީ ބާއްފައިފަ އެވެ.

ފަސްމުގޫ ގުރޫޕަކީ ބ. އަތޮޅުގައި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ފަރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.