ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑް ފެތުރެމުންދާއިރު، އެރަށު ހެލްތް ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ހަފްތާއެއް ވެފައިވާކަމަށް ކުޑަރިކިލު ކައުންސިލުން ބުނެފި އެވެ.
ކުޑަރިކިލުގެ ކައުންސިލުން ބުނީ އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ޗުއްޓީ އަށް ގޮސްފައިވާ މިހާރު އެރަށުގައި ޑޮކްޓަރަކު ނެތް ކަމަށެވެ. އަދި މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއި ކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް ވަނީ ފެނިފަ އެވެ. ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބައްޔަށް އެ ރަށުގައި 20 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
ކައުންސިލުން ބުނީ މި ބަލީގައި ބައެއް ކުޑަކުދިން ވަރަށް ބޮޑަށް ހާލު ދެރަވެފައި އެބަހުރި ކަމަށާއި ނަމަވެސް މީހަކު އަދި މާ ސީރިއަސް ހާލަތަށް ނުދާ ކަމާށެވެ.
ކުޑަރިކިލު ކައުންސިލުން ބުނީ މާދަމާ ވަގުތީ ޑޮކްޓަރަކު ހަމަޖެހިގެން ދާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
Kobaa Atholhu Council ge raees akah huri MDP kaleyge aai MDP councilorun thah? Evves kameh kurevey baeh noon dhoa?