ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލަކަށް މުހައްމަދު އާރިފް

ހިންމަފުށީ ސްކޫލްގެ އާ ޕްރިންސިޕަލް މުހައްމަދު އާރިފް.

ކ. ހިންމަފުށި ސްކޫލުގެ އައު ޕްރިންސިޕަލަކަށް މުހައްމަދު އާރިފް، މިއަދު އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ބ. އޭދަފުއްޓަށް އުފަން އާރިފް، ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސެވި އިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގަ އެވެ.

އެގޮތުން އެންއައިއީ ގައި އޭނާ ވަނީ ޓީޗަރ އެޑިޔުކޭޓަރު ކަމާއި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުގެ މަގާމު އަދާކުރައްވާފަ އެވެ. އޭގެ ކުރިން އާރިފް ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރުކަމާއި ސްޕަވައިޒަރުގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.

 ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާތާ މިހާރު 25 އަހަރު ވެފައިވާ އާރިފް ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓް ދާއިރާ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ޔޫކޭގެ ބޮލްޓޮން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާ ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ހިންމަފުށީ ސްކޫލްގެ އާ ޕްރިންސިޕަލަކަށް އާރިފް ހަމަޖެއްސިއިރު، ޕްރިންސިޕަލަކުނެތި އެ ސްކޫލް ހިންގާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.   

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.