ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްތަރަކުނެތި ގިނަ ދުވަސްވާތީ، ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާކޮށްފި އެވެ.
ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑް ފެތުރެން ފަށާފައިވާ އިރު، ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ހަފުތާއެއް ވޭތުވެއްޖެ އެވެ.
އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ޗުއްޓީ އަށް ގޮސްފައިވާއިރު، މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.
ސިއްހީ މަރުކަޒު ބަންދުކޮށް އެތަނުގައި ތިބި ޒުވާނުން ބުނީ، ޑޮކްޓަރަކު އައުމުން ނޫނީ ގެއަށް ނުދާނެ ކަމަށާއި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ފެތުރޭތީ އެރަށު ރައްތިޔުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
އެ ރަށުގެ ހާލަތު ގޯސްވެދާނެތީ، މިއަދު ވަގުތީ ޑޮކްޓަރެއް ފޮނުވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ޒިންމާ ނަގާނީ ޔާމީން