ގޮއިދޫގައި ސްކޭޓް ޕާކެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ބ. ގޮއިދޫގައި ސްކޭޓް ޕާކެއް ޑިޒައިންކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ، ގޮއިދޫގައި ހަދާ ސްކޭޓް ޕާކް ޑިޒައިންކޮށް އެތަން ތަރައްގީކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެހެންވެ އެ މަސައްކަތް މިމަހުގެ 19 ވަނަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހަޅަން ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ސްކޭޓިން ޕާކް ޑިޒައިން ކުރަންވާނީ ކުޑަކުދިންނަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ. އަދި މި ޕާކް ތަރައްގީކުރުމުގެ މަސައްކަތަށް ހިނގާނެ ޚަރަދު ތަފްސީލް ހުށަހަޅާއިރު މިކަމަށް ކަނޑައެޅިފައިވާ ބިމުގައިހުރި ރުއްގަސް ނަގާ ސާފުކުރުމުގެ އަގު ވެސް ހިމަންނަން ވަނީ އެދިފަ އެވެ.

ސްކޭޓް ކުރުމަކީ ގޮއިދޫ ކުދިންގެ ތަފާތު ހުނަރެކެވެ. ގޮއިދޫ ކުޑަކުދިންގެ ސްކޭޓްކުރުމުގެ ޝައުގުވެރިކަން ފާޅުވާން ފެށީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. ކުދިންތަކެއް ހަވީރު ވަގުތު ބޯޑުތަކެއް ހިފައިގެން ނުކުމެ ސްކޭޓްކުރެވޭތޯ އުޅޭ ތަން ފެނުމުން ރަށު މީހުންނާއި ސްކޫލުން އެކަން ނެގީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. ސްކޭޓް ކުރާ ހިތްވާ ހުރިހާ ކުދިންނަށް އެ މަގު ފަހިކޮށްދީ ތަމްރީން ދިނެވެ. އަދި ސްކޭޓްކުރުމަކީ ކިޔަވައިދިނުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.