ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް، އެ މަސައްކަތްކުރާ އެމްޓިސީސީން ބުނެފި އެވެ.
މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާއިރު އޭގެ ތެރޭގައި ވެލި ބޭނުންކޮށްގެން ކޮނުމަށްފަހު ބިންގަނޑު އެއްވަރު ކުރުމާއި، ބެޑު ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ނިމިފައި އެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ތެރޭން، ބިންގަނޑު ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 11،700 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި ބެޑް ތައްޔާރު ކުރުން ހިމެނެ އެވެ. އަދި 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން މި މަޝްރޫއުގައި ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ދާ މި މަޝްރޫއުގެ އަގަކީ 10 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.