ކަމަދު ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބ. ކަމަދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން 47 މިލިއަން ރުފިޔާ ހަރަދުކުރާކުރާ ގޮތަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއު

ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 45،404 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި އެ ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓާއި 346 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ.

• 70 މޫރިން ރިންގު ހަރުކުރުން

• 10 މޫރިން ބޮއި ހަރުކުރުން

• 11m x 11m ގެ ރޭމްޕް ހެދުން

• 1730 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން

• 17 މަގު ބައްތި ޖެހުން

2 ނެރު ބައްތި ޖެހުން

މި ހުރިހާ މަސައްކަތެއް 400 ދުވަހުގެ ތެރޭ ނިންމަން ޖެހެ އެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ބަނދަރު ހެދުމާއި މަރާމާތު ކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.