ރާއްޖޭގެ ރަށްތަކުގައި ކޮށްފައިވާ ތަޖުރިބާތައް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ބ. މާޅޮހުގެ ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.
އުރީދޫން ބުނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރުމަށް މިދިޔަ އަހަރު އޯކާ މީޑިއާ ގްރޫޕާ އެކު “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުންނެ ފޮޓޯތައް ހިއްސާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މާޅޮހުގެ ތުނޑިވިލެޖުގައި ދެ ރޭގެ ދެ މީހެއްގެ ދަތުރެއް ލިބޭނެ ކަމަށެވެ.
މި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާއިރު ހެޝްޓެގް ގެތޮތުގައި ވިޒިޓް މޯލްޑިވްސް ނައު ބެނުން ކުރަން ޖެހޭނެ ކަމަށް އުރީދޫން ބުންޏެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަމަހުގެ 14 އާ ހަމައަށެވެ.
ތުނޑި ވިލެޖް”އަކީ އަތިރިމައްޗަށް ވާގޮތަށް ހުންނަ ޒަމާނީ ގެސްޓް ހައުސް އެކެވެ. އެތަނުގައި 18 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، ޑައިވް ސްކޫލަކާއި ސްޕާއެއް ހުރެއެވެ. މި ގެސްޓުހައުސްގެ ކޮންމެ ކޮޓަރިއެއްގެ ބެލްކަނިން ވެސް މޫދުގެ ހިއްގައިމު މަންޒަރުތައް ފެންނާނެއެވެ.