ދަރަވަންދު އާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ސާވޭތައް ނިމިއްޖެ

ބ. ދަރަވަންދު އާއި މި އަތޮޅު ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސާވޭތައް ނިމިފައިވާ ކަމަށް، އެ ދެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މެރިންއާއި ޓްރެސްޓްރިއަލް ސާވޭއާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މެރިން ސާވޭ ނިމިފައިވާ ކަމަށެވެ.

މެރިން ސާވޭ ތެރޭގައި ހިމެނެނީ މަހުގެ ސެންސަސް، ފަރުތަކުގެ ބެންތިކް ކޮމްޕޮސިޝަންގެ ކޮލިޓޭޓިވް އެނޭލިސިސްއާއި މެރިން ވޯޓާ ސާމްޕްލިން އެވެ. އަދި ޓެރެސްޓްރިއަލް ސާވޭ ތެރޭގައި ހިމެނެނީ ސްޓޭކްހޯލްޑަރުންނާއި ކޮންސަލްޓްކުރުމާއި ވެޖިޓޭޝަން ޓްރާންސެކްސްޓްއާއި ބީޗް ޕްރޮފައިލް ކުރުމާއި ޝޯލައިން އެނެލައިޒް ކުރުމެވެ.

ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި، 90 މީޓަރުގެ ދެ ގްރޮއިން ހަދާނެ އެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާ އެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެ އެވެ. ޖުމްލަ 39.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ދީފައި ވަނީ އެއް އަހަރެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދައި، 96 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ދެ  މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 25، 2021ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.