އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ފުޅިތަކެއް ނައްތާލައިފި އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި މި ފަހަރު ނައްތާލީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭ ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާލަޢި ބިޔަރު ކަމަށެވެ.
އެގޮތުން 183 ބަނގުރާ ފުޅި އާއި 174 ބިޔަރު ދަޅު ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.