ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ކުޑަރިލާއި ގަމަށް

ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަމު ބީޗު ސަރަހައްދު ތަރައްގީކޮށްފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުންބ. ކުޑަރިކިލާއި ލ. ގަމުގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ

ބ. ކުޑަރިކިލުގައި ކޮމިއުނިޓީ ފަންޑުގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް، އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެ ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމާއި ރަށުގެ މަގުތައް އަނދިރި ވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކމަސް ބޭންކުން ބުނެ އެވެ. އެ ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ކުޑަރިކިލު މަގު ބައްތިތައް ސޯލާއަށް ބަދަލުކޮށްްފައި. (ފޮޓޯ/ބީއެމްއެލް)

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް މަތިމަރަދޫ އަވަށު ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ކުޑަރިކިލު މަގު ބައްތިތައް ސޯލާއަށް ބަދަލުކޮށްްފައި. (ފޮޓޯ/ބީއެމްއެލް)

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަމު ބީޗު ސަރަހައްދު ތަރައްގީކޮށްފައި. (ފޮޓޯ/ބީއެމްއެލް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.