އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން ކާބޯތަކެތި ހަދިޔާކޮށްފި

ބީއެމްއެލްގެ މުވައްޒަފުންތަކަކާއި މަމްސް ޖަމިއްޔާގެ މެމްބަރުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.– ފޮޓޯ: ބީއެމްއެލް

ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ ‘ ހެލްޕް އަ ފެމިލީ” ޕްރޮގްރާމް އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި އެހީތެރިކަމާއެކު މޮމްސްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި 100 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެވިގެންދާނެ އެވެ. އަދި ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެހީއެއް ލިބިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ މުވައްޒަފުން ވެދެއްވި ދީލަތި އެހީއަށްޓަކައި އެންމެހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މި އެހީއާއެކު އާއިލާތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. ” މަމްސް ގެ ފަރާތުން ވިދާޅުވިއެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރު އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ. އަދި 2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.