މާލެ އާ އޭދަފުއްޓާ ދެމެދު އާ ނާލު ބޯޓެއްގެ ދަތުރުތައް ފަށައިފި

އޭދަފުއްޓާ މާލެއާ ދެމެދު ނާލުދަތުރު ކުރުމަށް “ކުލުނު ބޯޓް” ގެ ނަމުގައި އާ ބޯޓެއްގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ލަކުނޑި އާއި އެލްމެނިއަމްގެ ވިޔަފާރިކުރާ ސަމޫމު އެންޓަރޕްރައިސަސް ކުންފުނީގެ މިބޯޓަކީ 72 ފޫޓްދިގު ބޯޓެކެވެ.

ސަމޫމުގެ ފަރާތުން ވާހަކަ ދެއްކި އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު ހަސީބު ބުނީ ރޭ ބޯޓު މާލެ ފުރިއިރު، މާލެއިން އޭދަފުއްޓަށް މި ބޯޓު ދަތުރު ކުރާނީ ކޮންމެ ހަފްތާއެއްގެ ވެސް ބްރާސްފަތި ދުވަހު ކަމަށެވެ. އޭނާ ބުނީ މިބޯޓްގެ ދަތުރުތައް އެހެން ބޯޓްތަކާ ތަފާތުވެފައި، ފަސޭހަވާނެކަމަށެވެ.

އެގޮތުން މި ބޯޓް ދަތުރުތައް ކުރާނީ މާލެއިން ސީދާ އޭދަފުއްޓަށެވެ.

ހަސީބު ބުނީ ވިޔަފާރިވެރިންނަށް ހާއްސަކޮށް ބޯޓްގެ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރުގައި އޭދަފުށިން މާލެ ފޮނުވާ އެއްވެސް ދާގީނާއަކަށް އަގުނުނަގާނެ ކަމަށެވެ.

އޭދަފުއްޓާ، މާލެއާ ދެމެދު ނާލު ދަތުރުކުރާ ދެ ބޯޓް މިހާރުވެސް އޮޕަރޭޓް ކުރެއެވެ. އެއީ އަގޯޓާ އެކްސްޕްރެސް އާއި ނިޔާމަ ބޯޓެވެ. މި ދެބޯޓުންވެސް އަތޮޅުގެ ރަށްރަށަށް މުދާ އުފުލައެވެ.

ހަސީބު ބުނީ ކުރިޔަށް އޮތްތަނުގައި އަތޮޅުގެ ރަށްރަށަށް ދަތުރުތައް ފުޅާކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.