ރޯދަ މަހު ބީއެމްއެލުން ހިދުމަތް ދޭނީ ހެނދުނު 9:30 އިން 12 އަށް

އަންނަ ހޮނިހިރު ދުވަހު ފަށާ ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލުން ބުނެފި އެވެ.

އެ ބޭންކުން ބުނީ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް އެ ވަގުތުތަކުގައި ހުޅުވާފައި ހުރި ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. މި ސެންޓަރުތަކުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމު ކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައް ވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށްދިނުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓުތަކަށް ހެނދުނު 11:00 ގެ ކުރިން ފޮނުވާ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރާނެ އެވެ. އޭގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވާ ދުވަހެއްގައި ކަަމަށް ބީއެމްއެލުން ބުނެ އެވެ. އަދި ހެނދުނު 9:00 ގެ ކުރިން ޖަމާކުރާ އެހެން ބޭންކުތަކުގެ ޗެކްތައް އެދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

މާލޭ ގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް ބީއެމްއެލުން އިލްތިމާސް ކުރެ އެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބޭ ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށް ވެސް ބޭންކުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.