އުރީދޫ މަސް ރޭހުގައި މިފަހަރު 23 ޓީމެއް ވާދަކުރާނެ

92A1C990-42C3-4A9B-89D8-C61E9BCA34AB
މަސް ރޭހުގައި ބައިވެރިވާ ޓީމުތަކުން އުރީދުއާއެކު މިއަދު ބެއްވި ބައްދަލުވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން– ފޮޓޯ: އުރީދޫ

އަންނަ ރޯދަ މަހު ބާއްވާ އުރީދޫ މަސް ރޭހުގައި 23 ޓީމަކުން ބައިވެރިވާން ރަޖިސްޓްރީ ކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މި މަސް ރޭހަކީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމު ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން އުރީދޫ އިން ދޭ ފުރުސަތެކެވެ. ކުރިން ބޭއްވި މުބާރާތްތަކަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އުރީދޫ އިން ބުނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު 23 ޓީމަކުން ރަޖިސްޓްރީވެފައިވާ ކަމަށެެވެ. އަދި ތަރުހީބަށް ބަލައި ހުރިހާ ޓީމަކަށްވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކާ މިއަދު އުރީދޫ އިން ވަނީ ބައްދަލު ކޮށްފައެވެ.

މުޅި ރޯދަ މަހަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

މި މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެ އެވެ. އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.