އާއިލީ ގޭމް “ހައްޕު” މިހާރު މޫލީން އޯޑަރު ކުރެވޭނެ

ދިވެހި އުފެއްދުމެއްކަމަށް އާއިލީ ގޭމް “ހައްޕު” އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް އޯޑަރު ކުރެވޭ ގޮތް ހަދައިފި އެވެ.

“ހައްޕު” އަކީ ފީކޮއި ބްރޭންޑުގެ ދަށުން އުފައްދާފައިވާ ދިވެހި އުފެއްދުމެކެވެ. މި ގޭމް ހަތް އަހަރުން ފެށިގެން މަތީގެ ކޮންމެ ބަޔަކަށް ވެސް ކުޅެވޭނެއެވެ. މީގެ ތެރޭގައި ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ.

މި ގޭމަކީ ކުރިއަށް އޮތް ރޯދަމަހު ގޭގެ ކުޑަކުދިން ވެސް ހިމަނައިގެން އާއިލާއާއެކު މަޖާކޮށް ކުޅެލެވޭނެ ޝައުގުވެރި ގޭމަކަށް ވާނެ އެވެ.

މިއީ ގޭމެއްގެ އިތުރުން އިންސާނާގެ ބަސްކޮށާރަ އިތުރަށް މުއްސަނދި ކޮށްދޭ ގޭމެކެވެ. މި ގޭމުގައި 200 އަށްވުރެ ގިނަ ބަސްތައް ހިމެނޭއިރު ކުޑަކުދިންނަށް މީގެ ސަބަބުން ފައިދާވާނެއެވެ.

މި ގޭމް ކުޅޭނީ ދެ ޓީމަކަށް ބަހާލައިގެންނެވެ. އެ ޓީމެއްގެ އެއް ކުޅުންތެރިޔަކު ޖެހޭނީ ބާކީ ތިބި ކުޅުންތެރިންނަށް ކާޑުގައިވާ ބަސް ކިޔައިދޭށެވެ. މިގޮތަށް ކިޔައިދޭއިރު ކާޑުގައި ހިމެނޭ “ހައްޕު” ބަހެއް ދިމާވެއްޖެނަމަ އެ ޓީމެއްގެ އަތުން ޕޮއިންޓް ދޫވީއެވެ.

މިގޮތަށް އެންމެ ގިނަ ބަސް ދިމާކުރާ ޓީމު މޮޅުވީއެވެ. ކޮންމެ ޓީމަކުން ވެސް މަސައްކަތް ކުރަން ޖެހޭނީ “ހައްޕު” ބަސްތައް ނުކިޔައި ކާޑުގައިވާ ބަސް ދިމާ ކުރާށެވެ.

މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް މި ގޭމް ގަނެވޭނެ އެވެ. މޫލީ އަކީ މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭ ޕްލެޓްފޯމެކެވެ.

މޫލީން މި ގޭމް ލިބެން ހުންނާނީ 295ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.