ކަނޑޫދޫ މިރުސް ބްރޭންޑަކަށް ހަދައި އުރީދޫން ރޯދައަށް ހާއްސަ ކެމްޕެއިނެއް

ކަނޑޫދޫ މިރުސް ބްރޭންޑް އިތުރަށް ފުޅާކޮށް، ކަނޑޫދޫގެ ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ އިން ކަނޑޫދޫ ކައުންސިލާއި ގުޅި، ރޯދައަށް ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އެ ކެމްޕޭން އިފްތިތާހުކޮށްފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ބޭއްވި ހަފްލާއެއްގައި އެ އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފެވެ. އަދި އެ ހަފްލާގައި ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލްޙަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި، ކަނޑޫދޫ ކައުންސިލްގެ ޢިއްޒަތްތެރި މެހެމާނުން ބައިވެރިވިއެވެ.

ކަނޑޫދޫ މިރުހުގެ މަގްބޫލުކަމާއި ހާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ ގުޅިގެން އުރީދޫގެ ރަމަޟާން ކެމްޕެއިންގެ ދަށުން މި މިރުހަށް ޚާއްސަ ބްރޭންޑެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ބްރޭންޑް ގާއިމްކޮށްފައިވަނީ ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ޚާއްސަ ލޯގޯއެއްގެ އިތުރުން ވެބްސައިޓެއް ހިމެނޭގޮތަށެވެ.

އެ ބްރޭންޑް ގާއިމް ކޮށްފައިވަނީ ކަނޑޫދޫ ގެ ރައްޔިތުންނަށް އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިޟާދީ ކުރިއެރުވުމުގެ މަގްސަދުގައެވެ. ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައެވެ. އެ ހޮޓް ސޯސްގެ ބާވަތްތަަައް ތަައްޔާރުކޮށްފަައި ވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށް ވެސް ކަމުދާނެހެންނެވެ.

ކަނޑޫދޫ މިރުސް ހޮޓް ސޯސް ބަައްލަަވަައިގަންނަން ބޭނުންވާ ފަރާާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ބަަަަައްލަވަައިގަަނެވޭނެއެވެ.

އެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފް ވިދާޅުވީ އެ ޕާޓްނާޝިޕަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިގުތިސާދު ކުރިއެރުވުމަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދަަައްކުވައިދޭ ނަމޫނާ ޕާޓްނަރޝިޕެއް ކަމަށެވެ.

އެ ކެމްޕެއިނުގެ ދަށުން ކަނޑޫދޫ މިރުސް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވެސް ޕްރޮމޯޓުވާނެކަމަށް އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

“އަަޅުގަނޑުމެންގެ މައިގަނޑު މަގްސަދަަކަށްވީ ކަަނޑޫދޫގައި ހެދޭ މި ހާާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާާ ހޯދުމުގެ ފުރުސަތު ރަަށުގެ ރައްޔިތުންނަަށް ހޯދައދިނުމާއި ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުމެވެ. މި ޕާޓްނަރޝިޕާާއެކު ކުރިއަަށްއޮތް ތަަނުގަައިވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަންް އަަރުވަމެވެ.” އޭނާ ވިދާޅުވިއެވެ.

ދެހާސް އެއް ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުހަކީ އޭގެ ތަފާތު ރަހައާާއި ވަަަސް އަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައި މަގުބޫލުކަން ހޯދާފައިވާ މިރުހެކެވެ. ކަނޑޫދޫ މިރުހަަަކީ ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.