ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑުންކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން އަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަންއެކެވެ.
މި ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ދެ މީހެއްގެ ތުރުކީ ދެކޮޅު ޓިކެޓާއި 1000 ޑޮލަރެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުންދާ ބޭންކެވެ.