އުރީދޫގެ ފައިނޭންސް ޑިރެކްޓަރަކަށް ހުސައިން ޒަރީރު

އުރީދޫގެ ފައިނޭންސް ޑިރެކްޓަރަކަށް އައްޔަން ކުރި ހުސައިން ޒަރީރު–

އުރީދޫގެ ފައިނޭންސް ޑިރެކްޓަރަކަށް ހުސައިން ޒަރީރު އައްޔަން ކޮށްފި އެވެ.

ހުސައިން އަކީ ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 15 އަހަރު އުރީދުއަށް ވެސް ހިދުމަތް ކޮށްފަ އެވެ.

ހުސައިން ވަނީ 2020 ވަނަ އަހަރު އުރީދުއާ ވަކިވުމުގެ ކުރިން އެ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރުކަން ކުރިން ވެސް އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން އެ ކުންފުނީގެ ފައިނޭޝިއަލް ކޮންޓްރޯލާގެ މަގާމާއި އެހެން ބައެއް ސީނިއާ މަގާމުތައް ވެސް އޭނާ ފުރުއްވި އެވެ.

އުރީދޫން ބުނީ އޭނާ އަކީ ފައިނޭންޝިއަލް އެންޑް މެނޭޖްމަންޓް އެކައުންޓިން އާއި ފައިނޭންޝިއަލް ޕްލޭނިން އާއި ބަޖެޓިން އާއި ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓްރެޓެޖީ ޑެވެލޮޕްމަންޓް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށެވެ.

ހުސައިން އަކީ ޔޫކޭގެ އިންސްޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓެންޓްސްގެ އެސޯސިއޭޓް މެމްބަރެއް ވެސްމެ އެވެ.

އުރީދޫގެ ޓީމާ އަލުން ގުޅިވަޑައިގަތުމުން އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ. އޭނާގެ ތަޖުރިބާގެ އަލީގައި ކުންފުނީގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.