މާދަމާއަކީ ފަހު ރޯދަ، ފިތުރު އީދު ދުވަހަކީ ހޯމަ ދުވަސް

މިދިޔަ ބޮޑޫ އީދޫގައި އޭދަފުށީގަިއ ބަޔަކު އީދު ނަމާދަށް ދަނީ. މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް — ފޮޓޯ/ރަޔާން ފޮޓޯސް

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި މި އަހަރުގެ ފިތުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ގަރާރުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީ އެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލި ފަހުން ގިނަ ބަޔަކު އެއްފަހަރާ މާލެއިން ބޭރަށް ޗުއްޓީއަށް ދާނެ ފުރަތަމަ ފަހަރެވެ. ހަފްތާއެއްގެ ޗުއްޓީ ލިބޭތީ މިހާރުވެސް ގިނަ ބަޔަކު ވަނީ ރަށްރަށަށް ފުރައިފަ އެވެ.

މިއަދާއި މާދަމާ ވެސް ގިނަ ބަޔަކު ރަށްރަށަށް ފުރާނެ ކަމަށް ބެލެވޭއިރު، އީދު ޗުއްޓީއަށް މޫސުމީ ބުރުލެއް އަރާނެކަމުގެ ކުލަވަރު މިހާރު ވެސް ފެނެ އެވެ. މެޓުން ލަފާކުރާ ގޮތުގައި މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.