ޒަކާތުގެ ގޮތުގައި އޭދަފުށިން ލިބުނު 56،860 ރުފިޔާ ރޭ ބެހިއިރު، މިރަށުގައި ތިބި ފަގީރުންނަށް ޒަކާތުގެ ގޮތުގައި ޖެހެނީ، ބޮލަކަށް 2،707 ރުފިޔާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލުން ބުނިގޮތުގައި ފަގީރުންގެ ގޮތުގައި މި އަހަހަރު 21 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. ޒަކާތް ދައްކާފައިވަނީ 2522 މީހުންނެވެ.
މި އަހަރު އޭދަފުށިން ފަގީރުންގެ ގޮތުގައި 21 މީހުން ރަޖިސްޓްކުރި އިރު، އެއީ މިދިޔަ އަހަރަށް ވުރެ އެކަކުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 20 މީހުން އަދި 2020 ވަނަ އަހަރު ފަގީރުގެ ގޮތުގައި ތިބީ ދިހަ މީހެކެވެ.
ކައުންސިލުން ބުނިގޮތުގައި ޒަކާތް ހައްގުވާ މީހުންނަށް ފައިސާ ހަވާލުކުރީ ރޭ ކައުންސިލަށް ގެންގޮސް އެ ތަނުންނެވެ.