ފޭލިން މިއަހަރު ވެސް އީދު ހަދިޔާ ބަހައިފި

ފޭލިން އަމާންވެށިގައި ތިބި ކުދިންނަށް އީދު ހަދިޔާ ހަވާޅުކުރަނީ

މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި އޭދަފުށީ އަމާންވެށީގައި ތިބި ކުދިންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް، ބ. އޭދަފުށީ ފޭލި ޖަމިއްޔާގެ ފަރާތުން އީދު  ހަދިޔާ ބަހައިފި އެވެ.

ފިތުރު އީދާ ގުޅުވައިގެން އީދު ނަމާދަށްފަހު މިއަދު ހެނދުނު، އަމާންވެށީގައި ކުރިއަށްގެންދިޔަ ހަރަކާތުގައި އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް ވަނީ އީދު ހަދިޔާ ބަހާފައެވެ. އަދި މީގެ އިތުރުން އޭދަފުށީގައި ތިބި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ވެސް ވަނީ އީދު ހަދިޔާ ބަހާފައެވެ. މިހަރަކާތަކީ ފޭލި ޖަމިއްޔާއާއި އެހީ ޖަމިއްޔާއާ ގުޅިގެން ހިންގުނު ހަރަކާތެކެވެ

ފޭލި ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ހަދިޔާ ދިނުމުގެ ބޭނުމަކީ އީދުގެ މުނާސަބާގައި، ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި، އަމާންވެށިގައި ދިރިއުޅޭ ކުދިންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންވެސް އީދުގެ އުފަލުގައި ބައިވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

ފޭލި ޖަމިއްޔާއިން ވަނީ އެހީ ޖަމިއްޔާ އާ ގުޅިގެން ނިމިދިޔަ ރަމަޟާން މަހުވެސް އަމާންވެށިގައި ދިރިއުޅޭ ކުދިންނަށް ރޯދަ ހަދިޔާވެސް ދީފަ އެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައެއްގައި ވަނީ އޭދަފުށީ މިސްކިތްތަކާއި މުއައްސަސާތަކުގައި ޑިއުޓީ ކުރަމުން ގެންދިޔަ ފަރާތްތަކަށް ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް އެހީ ޖަމިއްޔާ އާ ގުޅިގެން ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.