
ބ. ފެހެންދޫ ފަޅުގައި އޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެއެވެ.
ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވީ އެ ދެ އުޅަނދުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ހަރަކާތްތެރިވަމުންނެވެ.
މުދާ އުފުލާ ބޯޓަކީ އެރަށުގައި ގެސްޓް ހައުސްއެއް ހިންގާ ބަޔަކު ކުއްޔަށް ނަގައިގެން އުޅޭ ބޯޓެކެވެ. އަދި އަލިފާން ރޯވި ލޯންޗަކީ އެ ބޯޓާ ކައިރީ އޮތް އެރަށު މީހެއްގެ ލޯންޗެއް ކަމަށްވެ އެވެ.
އަލިފާން ރޯވިއިރު ބޯޓުގައި އެއްވެސް މީހަކު ނެތެވެ.
