
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގައި އޭދަފުށިން އާންމުކޮށް ފެންނަ އެއް މޫނު، އަބްދުލްއަޒީޒު އާދަމް ރޭ ނިޔާވުމާ ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭދަފުށީ ދިޔަވަރު އަބްދުލްއަޒީޒަކީ އެމްޑީޕީއަށް ވަފާތެރި މަސައްކަތްތަކެއް ކޮށްދެއްވި ވަރުގަދަ ސަޕޯޓަރެއް ކަމަށެވެ.
B.Eydhafushi / Dhiyavaru Abdul Azeez akee MDP ah varah vafaatheri masakkaiythakeh kohdhevvi varugadha supportereh. Niyaavi khabaru ehee hithama aaieku. Maaiy Allah marhoom ah suvaruge minvaru kuravvashi. Aameen
— Mohamed Nasheed (@MohamedNasheed) May 12, 2022
“ނިޔާވި ހަބަރު އެހީ ހިތާމަޔާއެކު. މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކޮށްދެއްވާށި، އާމީން” ނަޝީދު ވިދާޅުވި އެވެ.
އުމުރުން 70 އަހަރުގައި އަބްދުލްއަޒީޒު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ ހަވީރު އެވެ.
އަބްދުލްއަޒީޒުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.