ބަހިއްޔާ ޕްރީ ސްކޫލް ހުޅުވަން ގޮވާލައި މުޒާހަރާ ކޮށްފި

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް ނުހުޅުވައި ގިނަ ދުވަސްވަމުންދާތީ، އެންމެފަހުން ޒުވާނުން ނުކުމެ ރަށު ކައުންސިލް ކުރިމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.  

މިއަދު މެންދުރު ޒުވާނުން ނުކުމެ މި މުޒާހަރާގައި ގޮވަމުންދަނީ ވީހާވެސް އަވަހަކަށް ޕްރީ ސްކޫލް ހުޅުވައި ކިޔަވައިދެވޭނެގޮތް ހަދައިދިނުމަށެވެ.

މި މުޒާހަރާގައި ސްކޫލް ނުހުޅުވި ގިނަ ދުވަސްވަމުންދާތީ ޒުވާނުން ކުރާ ޑިމާންޑްތައް އިއްވަން ބޭނުންކުރަނީ ލިޔެފައިވާ ބޯޑުތަކެކެވެ. ބޯޑުތައް ހިފައިގެން އަޑުއުފުލަން އެ މީހުން ތިބީ ކައުންސިލް އިދާރާ ކުރިމަތީގަ އެވެ.

މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވާ ގޮތުގައި ބަހިއްޔާއަށް ނުދެވިގެން ދަރިން ރޮނީ ކަމަށާއި ކޮއްކޮ ގޮނޑި ކުޅެންވިޔަސް ސްކޫލް ހުޅުވާލަދިނުމަށް ވަނީ އެދިފަ އެވެ. އަދި ކައުންސިލަށް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ.

“ޕްރީ ސްކޫލް ބަޖެޓްގައި އެތައް ފައިސާއެއް… ނުހިންގެންވީ ކީއްވެ؟ ކައުންސިލް ފެއިލްވެއްޖެކަމަށް ގަބޫލުކުރައްވަންތޯ؟ ރައްޔިތުންނަށް ހުވަފެން ދެއްކުން ހުއްޓާލާ!


ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކީ ‘ވެރިކަން ކުރާ ރަށުގައި’ ޕްރީސްކޫލް ނުހުޅުވި ދިގުލައިގެން ދިއުމެވެ. އަދި ވަކި ޕާޓީއެއްގެ ސަރުކާރެއް އޮތީމައި ސަރުކާރަށް ކްރެޑިޓެއް ލިބިދާނެތީ ތުއްތު ކުދިން އުނގެނުމުގެ ހައްގު ނިގުޅައިނުގަންނަން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅޭ ޕްރޮޖެކްޓުތައް ބަރާބަރަށް ކުރިޔަށްދާއިރު އުނގަންނައިދިމުމުގެ ކަންކަން އޮތީ ވީހާލެއްގައިވާން ދޫކޮށްލާފައި ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ބަހިއްޔާ ޕްރީ ސްކޫލުގެ ކިޔެވުން މެދުކަނޑާލާފައި އޮންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.