
ބ. ހިތާދޫގައި ބުޅާ ގިނަވެ، ރައްޔިތުންނަށް އެކަމުގެ އުނދަގޫ ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
ހިތާދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ އެރަށުގައި މިހާރަކަށް އައިސް ބުޅަލުގެ އުނދަގޫ ވަރަށް ބޮޑަށް ފޯރަމުންދާތީ. އާއްމުންގެ ފަރާތުން އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.
އަދި ޕެޓްގެ ގޮތުގައި ގެންގުޅޭ ދިރޭތަކެތި ބަންދުކޮށްގެން ގެންގުޅެން ކުރިންސުރެ އަންގާފައިވާނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބުޅާ ރަށުތެރެއަށް ވީއްލިފައިވާތީ، މިގޮތަށް ރަށު ތެރޭގައި އުޅޭ ބުޅާތައް މޭ 26 ގެ ފަހުން ނައްތާލާނެ ކަމަށްހިތާދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުންޏެވެ.
ހިތާދޫ ކައުންސިލުން ބުނީ މިގޮތަށް ރަށުތެރޭގައި ބުޅާ އުޅޭތީވެ، އުނދަގޫ ފަރާތްތަކުން އެ ނައްތާލި ކަނުގައިވިޔަސް އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ.
