ދަރަވަންދޫ ޅެންވެރިންގެ މަދަހަ އަލްބަމެއް ޕީއެސްއެމްއަށް ހަދިޔާކޮށްފި

ދަރަވަންދޫ ޅެންވެރިންގެ މަދަހަ އަލްބަމް ޕީއެސްއެމް އަށް ހަދިޔާކުރަނީ– ފޮޓޯ: ޕީއެސްއެމް

ބ. ދަރަވަންދޫގެ ޅެންވެރިން ތައްޔާރުކޮށްފައިވާ ޅެންތަކެއްގެ މައްޗަށް ކިޔާފައިވާ މަދަހަ އަލްބަމެއް ޕީއެސްއެމްއަށް ހަދިޔާކޮށްފިއެވެ.

މި އަލްބަމްގައި ހިމެނޭ 10 މަދަހަ ކިޔާދީފައިވާ މުޙައްމަދު މުޞަތަފާ ބުނީ މަދަހަ އަލްބަމެއް ނެރުމުގެ ބޭނުމަކީ ދަރަވަންދޫއަކީ ގިނަ އަދެއްދެ ޅެންވެރިން އުފެދިފައިވާ ރަށެއް ކަމުން އެމީހުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް އަޑު އިއްވުން ކަމަށެވެ. އަދި މި މަދަހަތަކުގެ ރެކޯޑިން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައިކަން ފާހަގަކޮށް އޭނާ ބުނީ މިހާރުވެސް އެ ރަށުގައި ޅެންވެރިން އުފެދެމުން އަންކަމަށެވެ.

ދަރަވަންދޫ ޅެންވެރިންގެ މަދަހަ އަލްބަމް ޕީއެސްއެމް އަށް ހަދިޔާކުރަނީ– ފޮޓޯ: ޕީއެސްއެމް

މަދަޙަތައް އެކުލަވާލުމާއި އަލްބަމް ތައްޔާރުކޮށް ނެރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން:

  • އަޙްމަދު ނާޝިދު، އާވާޒް / ބ.ދަރަވަންދޫ
  • ސާމިރު ޙަސަން، މާންދޫގެ / ބ.ދަރަވަންދޫ
  • މުޙައްމަދު މުޞްޠަފާ، މުޞްޠަފާމަންޒިލް / ބ.ދަރަވަންދޫ
  • ނާފިޒާ ޢަބްދުﷲ، އަކިރި / ބ.ދަރަވަންދޫ

މި މަދަހަތައް ރެކޯޑް ކުރުމާއި އަލްބަމްތައްޔާރުކުރުމުގެ މަސައްކަތުގައި އުޅުއްވި ޅެންވެރިޔާ ސާމިރު ހަސަން ބުނީ މި މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް ކޯވިޑްގެ ސަބަބުން މި މަސައްކަތަށްވެސް ބުރު އެރިކަމަށެވެ.

ޅެންވެރިޔާ ސާމިރު ހަސަން. ފޮޓޯ: ޕީއެސްއެމް

ނަމަވެސް މި އަލްބަމް ތައްޔާރުކުރުމުގެ ހުރިހާ މަސައްކަތަކީ 100 އިންސައްތަ ދަރަވަންދޫ ރައްޔިތުންގެ މަސައްކަތްކަން އޭނާ ފާހަގަކުރިއެވެ.

މަދަޙަ އަލްބަމްއަށް މަދަޙަ ހައްދަވާދެއްވި ބޭފުޅުން:

  • އަޙްމަދު ނާޝިދު، އާވާޒް / ބ.ދަރަވަންދޫ
  • ސާމިރު ޙަސަން، މާންދޫގެ / ބ.ދަރަވަންދ ޫ
  • އަޙްމަދު ޝަކީލް، ޝަބްނަމްގެ / ބ.ދަރަވަންދޫ
  • ޢަބްދުﷲ މުޢާޒު ޔޫސުފް، ދޭލިޔާގެ / ބ.ދަރަވަންދޫ
  • ނާފިޒާ ޢަބްދުﷲ އަކިރި / ބ.ދަރަވަންދޫ

މީގެ އިތުރުން ކުރީގެ ޅެންވެރިންގެ ޅެންތަކުގެ ތެރެއިން ދަރަވަންދޫ އަލްމަރްހޫމް ޔޫސުފް ޢަލިފުޅު އާއި އަލްމަރްޙޫމް ސަޢީދު ޢަލިފުޅުގެ ޅެން ހިމަނާފައި ވެއެވެ.

މި މަދަހަތަކުގެ ޅެން ތައްޔާރުކޮށްފައިވާ ޢަބްދުﷲ މުޢާޒް ޔޫސުފްގެ ޅެންތަކަށް ތައްޔާރުކޮށްފައި ލަވަތައް މިހާރުވެސް ބާޒާރުގައި އެބަހުއްޓެވެ. ޢަބްދުﷲ މުޢާޒް ޔޫސުފްއަކީ މިހާރުވެސް ޅެން ތައްޔާރުކުރަމުން އަންނަ ފަންނާނެކެވެ. ޚާއްސަކޮށް ސްކޫލް ދަރިވަރުންނަށް މަދަހަ ޅެން ތައްޔާރުކޮށްދެއެވެ.

ޅެންވެރިޔާ އަބްދުﷲ މުއާޒު ޔޫސުފް

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ޝަމީޙް ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ ދަރަވަންދޫގެ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވެފައިވާ މަސައްކަތްތަކެއްކަމަށެވެ.

ދަރަވަންދޫއަކީ ހުރިހާ ދާއިރާއަކުންވެސް ފަންނުވެރިން އުފެދިފައިވާ ރަށެއްކަން ފާހަގަކޮށް އެނާ ވިދާޅުވީ މީގެ ކުރިން އެ ފަންނު އައްމުންނަށް ދެއްކޭނެ ގޮތް ނެތްކަމަށެވެ. ނަމަވެސް މި މަދަހަ އަލްބަމުގެ ސަބަބުން މިފަދަ އިތުރު ފުރުޞަތުތައް ފަހިވެގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރަވަންދޫގެ ޅެންވެރިން ތައްޔާރުކޮށްފައިވާ ޅެންތަކެއްގެ މައްޗަށް ކިޔާފައިވާ މަދަހަ ހަމައެކަނި ފެންނާނީ ޕީއެސްއެމްގެ ޗެނެލްތަކުންނެވެ. މިމަދަހަތައް ތައްޔާރު ކުރި ފަރާތުން ބުނީ މީގެ އިތުރު އަލްބަމްތަކެއް ނިކުންނާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.