މަންތާ ސީޒަން ފެށިއްޖެ، މިއަހަރު 12،000 ޓޫރިސްޓުން ގެންނަ އަމާޒު ހިފައިފި

ކޮންމެ އަހަރެއްގެ މެދުތެރޭގައި ބ. އަތޮޅު ހަނިފަރަށް އެންމަޑި ގިނަ އަދަދަކަށް ޖަމާވެ އެވެ. މޭމަހުން ނޮވެމްބަރު މަހަކީ “މަންތާ ސީޒަން” އެވެ. އެއީ މި ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވެސް ގެންގުޅޭ ވަސީލަތެކެވެ.

ބަޔޯސްފިއަރ ރިސާވްގެ އައުޓްރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ، ހަނިފަރުބޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ސަރަހައްދަށް އެގާރަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރު އަމާޒަކީ 12،000 ފަތުރުވެރިން އެތަނަށް ގެނައުމަށް ކަމަށް ޝާފީ ވިދާޅުވި އެވެ.

ބ. އަތޮޅު ހަނިފަރު ބޭ. ފޮޓޯ/ބަޔޮސްފިއާ ރިޒާވް

ޝާފީ ވިދާޅުވީ، މިއަހަރުގެ ތެރޭގައި މިކަން ހާސިލުކުރުމަށް ހަނިފަރު ބޭޕްރޮމޯޓް ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

މި ސަރަހައްދަކީ މިއަދު ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަގުބޫލްކަމެއް ލިބިފައިވާ ތަނެކެވެ.  އެހެންވެ ދިވެހިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ހިންގުމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ވަނީ ރާވާފައެވެ.  އެގޮތުން ހަނިފަރުބޭއަށް ދިވެހިން ގެންގޮސް އެތަން ބޭނުންކުރުމުގައި ހެދިފައި ހުރި އުސޫލުތަކާއި ގަވާއިދުތަށް ކިޔައިދީ މިކަންކަމަށް ދިވެހިން އަހުލުވެރި ކުރުވަން ހާއްސަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ބ. އަތޮޅު ހަނިފަރު ބޭ. ފޮޓޯ/ބަޔޮސްފިއާ ރިޒާވް

ގިނަ އަދަދެއްގެ އެންމަޑީގެ އިތުރުން ފެހުރެހި ވެސް ފެންނަ ހަނިފަރު ބޭއަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. އެ ސަރަހައްދަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 310 ރުފިޔާ ނަގާއިރު، ދިވެއްސެއްނަމަ ބޮލަކަށް ނަގަނީ 32 ރުފިޔާއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމުދަނީއެއް ރާއްޖޭގެ އިގްތިސާދަށް ކޮންމެ އަހަރަކުވެސް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.