ފުޓްބޯޅަ ދަނޑު އެޅުމަށް ހުރަސްއަޅާކަމަށް ދެކެވޭ ވާހަކަ ކައުންސިލުން ދޮގުކޮށްފި

ސަރުކާރުން އޭދަފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ކައުންސިލުން ބިން ހަމަޖައްސައިނުދީ، އެކަމަށް ހުރަސް އަޅާފައިވާކަމަށް ދެކެވޭ ވާހަކަތައް މިރަށު ކައުންސިލުން މިއަދު ދޮގުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން އޭދަފުށީގައި ގާއިމުކުރަން ނިންމާފައިވާ މި ދަނޑު އަޅަން ކައުންސިލުން ހުރަސްއަޅާ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ.  

އެކަމަކު އޭދަފުށީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މިކަމަކީ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ނަގާލުމަށާއި ކައުންސިލުގެ އަގު ވައްޓާލުމުގެ ގޮތުން ބަޔަކު ހިންގަމުންގެންދާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ދަނޑު އެޅުމަށް ބޭނުންވާ ބިމުގެ މައްސަލާގައި އެ ކައުންސިލުގެ ފަރާތުން ސަރުކާރުގައި ދަންނަވާފައިވާނީ ދަނޑު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން މިހާރު ހަދަމުންގެންދާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން ނިމި، ފާސްވުމުން ދަނޑު ހެދުމަށް ކަނޑައެޅިފައިވާ ބިމުގެ ޗާޓް ފޮނުވައިދޭނެ ކަމަށް ވެސް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

“މި ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އޭދަފުށީގެ ތަރައްގީއަށް ސަރުކާރުން އަދި އަމިއްލަ ފަރާތަކުން ނަމަވެސް ކުރަން ބޭނުންވާ ކިތަންމެ ކުޑަ މަސައްކަތެއް ވިޔަސް މި ކައުންސިލުން މަރުހަބާ ކިޔާނެކަމެވެ. އެހެންކަމުން ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ މެދުގައި އޮޅުން އަރާގޮތަށް ވާހަކަ ނުދެއްކުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.