ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި

އޭދަފުށީގެ ވަށައިގެންވާ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ރަށު ކައުންސިލުން އަންގައިފި އެވެ.

އޭދަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަށް ވަށައިގެން އެކި ސަރަހައްދު ތަކުގައި ކައުންސިލުގެ ހުއްދަނެތި އެކި ފަރާތްތަކުން ބަހައްޓާފައިވާ ދަރު، ފަން، ލަކުޑި، ނާށި، އުނބު، ފަންތޮށި އަދި މި ނޫންވެސް ތަކެތި މާދަމާގެ ނިޔަލަށް ނެގުމަށް އެ ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގާ ކަމަށެވެ.

އަދި އޭގެ ފަހުން ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ނުނަގާ ހުރި ތަކެއްޗަކީ ވެރި ފަރާތެއް ނެތް ތަކެތި ކަމަށް ބަލައި، އެ ތަކެތި ނައްލާމުމުގެ މަސައްކަތް، މިމަހު 30 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ކުރިއަށްގެންދާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

“ތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު އުކާލެވޭ އެއްވެސް އެއްޗަކަށް ނުވަތަ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެކަން ވެސް ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،”

ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެތި ނަގަން ނިންމިއިރު، އޭދަފުށީ މަގުތަކުގައި އާއްމުންނަށް އުނދަގޫވާގޮތަށް ހުއްދަ ނެތި ބަހައްޓާފައިވާ ތަކެތި ނެގުމަށް ވެސް މީގެ ކުރިން އެތައް ފަހަރަކު ކައުންސިލުން އަންގާފައިވެ އެވެ. ނަމަވެސް ގިނަ ފަރާތްތަކުން އެތަކެތި ނަގާފައެއް އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.