ލޭންޑް ޔޫސް ޕްލޭނަށް ހައްލު ހޯދައި ދިނުމުގައި މާބޮޑަށް ވެސް ލަސްވެއްޖެ: ސުޖާއު

ވިއަވަތި ކޮންފަރެންސްގައި ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ. — ފޮޓޯ | ރައީސް

ލޭންޑް ޔޫސް ޕްލޭނަށް ހައްލު ހޯދައި ދިނުމުގައި މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށާއި ކައުންސިލްތަކުން ރުޅި އަންނަން ޖާއިޒު ކަމަށް ބ. މާޅޮހު ކައުންސިލްގެ ރައީސްގެ އަބްދުﷲ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކަށް ދިމާވާ މައްސަލަތަކުގައި ކައުންސިލަރުންނާ އެކު އެއް މޭޒެއްގައި މަޝްވަރާކޮށް، ހައްލު ހޯދަން އއ. އުކުޅަހުގައި އިއްޔެ ބޭއްވި ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވި ގޮތުގައި ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ޕްލޭންތައް ނުހެދި ވަނީ އެއްބާރުލުން ނުލިބިގެންނެވެ. އެއާ އެކު އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތައް ވެސް އޭގެތެރެއަށް ވަދެ ކައުންސިލްތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަހްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ހުރި ދަތިތައް ފިލުވާލެވެން ކައުންސިލްތަކަށް އެބައޮތެވެ. އެގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަ އިން ހެދިދާނެ ގޮތެއް އޭނާ ވިދާޅުވެދެއްވި އެވެ.

ބައެއް ކައުންސިލަރުން ވިދާޅުވީ، ރަށު ތަރައްގީއާ ގުޅިފައިވާ ނިންމުންތައް ލޭންޑް ޔޫސް ޕްލޭނާ ހެދި ހުއްޓިފައިވާ އިރު، މިކަމުގައި ހައުސިން މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށެވެ. މިނިސްޓަރު އަސްލަމް ހައްލު ކިޔައިދެއްވިހާ ފަސޭހަތަކެއް މިނިސްޓްރީގެ ތެރެއިން ފަހިނުވެ އޮތް ކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިނިސްޓަރު އަސްލަމް ދެއްކެވީ ލޭންޑް ޔޫސް ޕްލޭން ހަދަން ޖެހޭ ތިން މަހުގެ ތެރެއިން ފުރަތަމަ މަހުގެ ތެރޭގައި ދައްކަވަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.

“އެ ދުވަހު އެ ވާހަކަ ދެއްކި ނަމަ 55 ރަށުގެ ލޭންޑް ޔޫސް ޕްލޭނެއް ނޫން މިނިސްޓްރީއަށް ވަދެފައި އޮންނާނީކީއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 95 ޕަސެންޓުގެ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭން އޮންނާނީ މިނިސްޓްރީއަށް ވަދެފައި،” އޭނާ ވިދާޅުވި އެވެ.

” ލޭންޑް ޔޫސް ޕްލޭނަށް ހައްލު ހޯދައި ދިނުމުގައި މާބޮޑަށް ވެސް ލަސްވެއްޖެ، ކައުންސިލްތަކުން ރުޅި އަންނަން ޖާއިޒު، ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވި ގޮތުގައި،  ލޭންޑް ޔޫސް ޕްލޭނުގެ މައްސަލައަށް ހައްލު ހޯދުމުގައި ކައުންސިލްތަކަށް އަވަސް ހައްލެއް ހޯދައިދޭން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.