ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރަން ގްރީން ފަންޑުން 7.7 މިލިއަން ރުފިޔާ ހޭދަކޮށްފި

ގްރީން ފަންޑުން މިދިޔަ އޭޕްރިލް މަހު ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް 7.7 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ގްރީން ފަންޑުން މިދިޔަ އޭޕްރިލް މަހު 31 ޕްރޮޖެކްޓަކަށް 59 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ތުޅާދޫގައި މިހާރު ކުރިއަށްދާ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 7.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ފަންޑުން އޭޕްރިލްމަހު އެންމެ ބޮޑު ހަރަދެއް ކުރީ ނ. މާޅެންދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަށެވެ . އެގޮތުން އެ ރަށުގެ އެ މަސައްކަތަށް 8.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.