އޭދަފުށީގައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ކުލަ އާ ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ބަމްޕަރުތަކުގެ ކުލަ އާ ކުރުމުގެ މަސައްކަތް ކައުންސިލުން މިދިޔަ ރޯދަމަސްތެރޭ ފެށިއިރު، ބަމްބަރުތަކުގައި ލާފައި ހުރި ހުދަ ކުލަ ވަނީ ފާހަގަ ނުކުރެވޭ ވަރަށް ފަޑުވެފައެވެ. އަދި އޭދަފުށީގައި އާއްމުކޮށް ސައިކަލު ދުއްވާ މީހުންނަށް، ބަމްޕަރުތައް ހުންނަ ސަރަހައްދުތައް އެނގުނު ނަމަވެސް، އަލަށް ދުއްވާ މީހުންނަށް އެތަންތަން ފާހަގަ ކުރަން އުނދަގޫވެ އެކަމުގެ ނުރައްކާތެރިކަން ބޮޑުވެފައެވެ.
މިހާރު ތާރުއެޅި މަގުތަކުގައި ހުރި ހުރިހާ ބަމްޕަރުތަކެއްގައި ވެސް ކުލަ އާ ކޮށްވަނީ ރީތިކޮށްފައެވެ.
އޭދަފުށީ ކައުންސިލުން ބުނީ ކައުންސިލާއި ޕޮލިސްޓޭސަނާ ގުޅިގެން ތާރުއަޅާފައިވާ މަގުތަކުގެ ބަންޕަރު ކުލަ އާކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ކުލަ އާކުރުމުގެ މަސައްކަތް ފެށިއިރު ބައެއް ބަމްޕަރުތަކުގެ ކުލަ ރޭގަނޑު ސާފު ނުވާ މިންވަރަށް ފަނޑުވެފައި ހުއްޓެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޓްރެފިކް ނިޝާން ބޯޑު ތަކުގެ ކުލަވެސް ވަނީ ވަރަށްބޮޑަށް ފަނޑުވެ ކުލަ ވެއްޓިފަ އެވެ.