ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ކަމަދޫ ބަނދަރު ކޮނުމުގެ މަސައްކަތް ކުރިއަށްދަނީ– ފޮޓޯ: ކަމަދޫ ކައުންސިލް

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ.

ކަމަދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 25،404 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ.

މީގެ އިތުރުން ބަނދަރުގެ 1،730 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މަސައްކަތް ހަވާލު ކުރާތާ 13 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ވަނީ އެއްބަސްވެފަ އެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ބަނދަރު ހެދުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.