ދިރާގުން ބ. ފުޅަދޫ ގައި ހައިސްޕީޑް އިންޓަނެޓް ދޭން ފަށައިފި އެވެ.
މި ހިދުމަތާ އެކު ފުޅަދޫގައި އިންޓަނެޓަށް ބޭނުންވާ ރައުޓަރާއި ފައިބަ ކޭބަލް ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ބުންޏެވެ.
“މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް،” ދިރާގުން ބުންޏެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 88 ރަށެއް ހިމެނެއެވެ.
ދިރާގުން މިދިޔަ ހަފްތާ ވަނީ މިއަތޮޅު ފެހެންދޫގައި ވެސް ހައިސްޕީޑް އިންޓަނެޓް ދޭން ފަށައިފަ އެވެ.