ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

ބީއެމްއެލް ސްކޮލަޝިޕް ފަންޑު ލިބުނު ކުދިން ހޮވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ/ ބޭންކް އޮފް މޯލްޑިވްސް

މި ހިނގާ 2022 ވަނަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ 3 ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ އަޙްމަދު ނިސާލް ޢަބްދުﷲ އާއި އާމިނަތު މައިސާ ނިޔާޒު އަދި އިސްމާޢިލް ޒަކްވާން ޝިހާދެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު  ތަޢުލީމީ، ގާބިލް ޒުވާން ދިވެހި 3 ދަރިވަރުންނަށް ލިބިގެންދާކަމީ ލިބޭ ފަހުރެއް   ކަމަށެވެ.

“މި ސްކޮލަރޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަރޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ. ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަރޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްވެސްމެ. ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްވެސްމެ.” ޓިމް ސޯޔަރު ވިދާޅުވި އެވެ.

މި ސްކޮލަރޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ވަރަށްވެސް ވާދަވެރިކޮށް ދިޔަ މި ސްކޮލަރޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.