ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ހިތާދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން- ފޮޓޯ/ޕީއެސްއެމް

ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން 19،030  ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ރޭމްޕެއް ހެދުން ހިމެނެ އެވެ. އަދި 1،750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ޕީއެސްއެމް ނިއުސް އަށް ވިދާޅުވި ގޮތުގައި އެރަށު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ނިމުމުން އިރުވައި މޫސުމުގައި ފަޅު ގަދަވާ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަށް 17.70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީން ބ.ހިތާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިވަނީ، 

ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށްރަށް ގެންގސް ޕްރިޖެކްޓް ސައިޓް މޮބިލައިޒް ކުރި މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.