ދަރަވަންދު އާއި ކިހާދޫގައި އައުޓްޑޯ ވޮލީކޯޓެއް އަޅަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ ދެ ރަށް ހިމެނޭގޮތަށް އަށް ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމަށް އެއްބަސް ވުމުގައި ސޮއިކޮށްފި އެވެ.

މިއަތޮޅުގައި މިފަހަރު ވޮލީ ކޯޓް އަޅަނީ ދަރަވަންދޫ އާއި ކިހާދޫގަ އެވެ. އޭގެ އިތުރުން ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ކުރިނބީ، އަދި ނ. މާފަރުގެ އިތުރުން ޅ. ކުރެންދޫ އާއި އއ. ހިމަންދޫ ވެސް އައުޓްޑޯ ވޮލީ ކޯޓް އަޅާ ރަށްތަކުގެ ތެރޭގައި ހިމެނެ އެވެ.

ކިހާދޫގައި ވޮލީ ކޯޓް އެޅުމަށް  ބްރިލިއަންޓް ކޮމްފެނީ  އާ ހަވާލުކޮށްފައިވާއިރު، ދަރަވަންދޫގައި ވޮލީ ކޯޓް އެޅުމަށް ހަވާލުކޮށްފައިވަނީ  ޓްރިޕަލް އެއިޓް ކުންފުންޏާ އެވެ.

 ސަރުކާރުން އަލަށް ހަދާ ވޮލީ ކޯޓްތައް ގާއިމުކުރަނީ ފްލޯރިންގެ އިތުރުން ފެންސާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ވެސް ބަހައްޓައިގެންނެވެ

8 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ އިތުރުން، އިތުރު 9 ރަށެއްގައި އެހެނިހެން ކުޅިވަރުތަކުގެ ވަސީލަތްތައް ގާއިމް ކުރުމަށްވެސް ކުންފުނިތަކަކާއެކު ޔޫތު މިނިސްޓްރީން ވަނީ މިދިޔަ ހަފްތާ ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.