ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ކެޕްޓަނަކަށް އަހްމަދު ނާހިލް ފަޒީލް ހޮވައިފި އެވެ.
އެ ސްކޫލުގެ ކެޕްޓަން ހޮވަން ބޭއްވި އިންތިޚާބުގައި، އެންމެ ގިނަ ވޯޓު ލިބިގެން ކެޕްޓަނަކަށް ނާހިލް ހޮވުނުއިރު، ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ، ގްރޭޑް 11 ގައި ކިޔަވަމުން އަންނަ މަރިޔަމް ހަޒްމާ އެވެ.
މަގާމުތަކަށް ދަރިވަރުން ހޮވާއިރު، ދަރިވަރުންގެ ކިޔެވުމާއި އަހުލާގާއި ލީޑަޝިޕާއި ހާޒިރީގެ އިތުރުން އިންޓަވިއުކޮށްގެންނެވެ. އެކަމަށް 80 ޕަސެންޓް ކަނޑައަޅާފައިވާއިރު ބާކީ 20 ޕަސެންޓް ބަލާނީ ގްރޭޑް 8 ން މަތީގެ ދަރިވަރުންގެ ވޯޓަށެވެ.
ސްކޫލުގެކެޕްޓަން ކަމަށް ކުރިމަތިލާން ހުޅުވާލުމުން، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަންކަމަށް މިއަހަރު ކުރިމަތިލީ ވެސް މި ދެ ދަރިވަރުންނެވެ.