އުރީދޫ ހިދުމަތެއް ބޭނުންކޮށްގެން ވޯލްޑްކަޕް ސެމީ ފައިނަލް މެޗެއް ބަލައިލުމުގެ ފުރުސަތު

އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ހަތަރު ނަސީބުވެރިއަކަށް ހޮދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އޮގަސްޓް މަހު އިއުލާނުކުރި ލަކީ ޑްރޯ މި މަހުގެ 31 ގެ ނިޔަލަށް ހަމަވާއިރު، އުރީދޫގެ މިހާރުގެ އަދި އަލަށް ގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.

އުރީދޫ ޚިޔާރުކުރަންވީ ކީއްވެ؟

މުޅި ރާއްޖެއަށް 4ޖީ+ ނެޓްވޯކް ކަވަރޭޖްގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާލެ، ހުޅުމާލެ ފޭސް 1، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް، އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.

އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ޓެލެކޮމް އިންޑަސްޓްރީގައި އެންމެ ހެޔޮ އަގުގައި އީޖާދީ އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން ތައާރަފް ކުރެވުނު އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ޑެއިލީ ޑޭޓާ ލިބޭ ގޮތައް ރާއްޖެއަށް ތައާރަފް ކުރެވުނު ފުރަތަމަ ޑޭޓާ ޕްލޭންސް ތަކެވެ. މި ޕްލޭން ތަކާއެކު ކަސްޓަމަރުންނަށް ދުވަހަށް ބޭނުންވާ ޑޭޓާ އާއި އެއްގޮތައް އިންޓަނެޓަށް ކުރެވޭ ހަރަދު ފަސޭހައިން މެނޭޖްކޮށްލެވެއެވެ.

އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފޯރުކޮށްދީ، ފުރިހަމަ ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް ޓަކައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހޮޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއްގެނެސް، މާކެޓުގައި ހުރި އެންމެ ރަނގަޅު ޕްލޭންތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.

މިހާރުގެ ޕޯޓްފޯލިއޯގައި އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތަ ބޮޑެތި ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 30 އިންސައްތަ އިތުރު ޑޭޓާ އަދި ފަސޭހާ ބްރޯޑްބޭންޑް ޕްލޭންތަކަށް 25 އިންސައްތަ އިތުރު ޑޭޓާ ފޯރުކޮށްދީ، މުޅިއަކު 40 އިންސައްތައާއި ހަމައަށް އަގުތަށް ވަނީ ލުއިކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެ ކުންފުނީގެ ފައިބަރ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޮގޮތުން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށް 100 އިންސައްތައަށް ޑޭޓާ އެލަވަންސް އިތުރުކޮށް އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް ވަނީ ދޭންފަށާފައެވެ.

މި އަޕްގްރޭޑާއެކު ސުޕަނެޓް ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުން މިހާރު އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ބާޒާރުގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ދެމުންނެވެ. މީގެ އިތުރުން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު އެޕްލިކޭޝަންތަކަށް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށް ކަސްޓަމަރުންނަށް އިންޓަނެޓްގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ އަދި ދިވެހި ބްރޭންޑްތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓާއި އޮފާތަކާއި އެއާޕޯޓު ލައުންޖުތަކަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން އީކޮމާސް ޕްލެޓްފޯމް މޫލީ އަދި އެމް-ފައިސާ ފަދަ ޑިޖިޓަލް ހިދުމަތްތަކާއެކު އުރީދޫއިން ކަސްޓަމަރުން ބާރުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ހިދުމަތްތަކާ ގުޅުވާލަދީ، ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދެ އެވެ.

އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދެއްކުމާއި، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރައްވާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ޝޮޕިން ކުރައްވާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތް ތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ލަކީ ޑްރޯގެ ތެރޭގައި ހިމެނެ އެވެ. މި މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކު ވެސް ލަކީ ޑްރޯގައި ހިމެނި، ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެ އެވެ.

އުރީދޫ ފުޓުބޯޅަ ފޯރީ ލަކީ ޑްރޯ އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، މި ލިންކަށް ކްލިކްކޮށްލައްވާ!

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.