
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީން މި މަސައްކަތުގެ ގާތްގަނޑަކަށް 77 ޕަސެންޓް މިހާރު ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް މިހާރު ވަނީ އެރަށަށް ގެންގޮސްފަ އެވެ.
މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދ 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
ގާތްގަޑަކަށް ހަ މަސްދުވަހުގެ ތެރޭ ނިންމަން އެއްބަސްވެފައިވާ މި މަޝްރޫއުގެ އަގަކީ 22.1 މިލިއަން ރުފިޔާ އެވެ.
މިއީ ދަރަވަންދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
