ނަޝީދު، ޕްރައިމަރީގެ ކެމްޕެއިނަށް ބ. އަތޮޅުގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިނަށް މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.

‏ނ، ރ އަދި ބ އަތޮޅަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ހަވީރު ވަނީ މިއަތޮޅު ތުޅާދޫއަށް ވަޑައިގެންފަ އެވެ. އެ ރަށުން އެމްޑީޕީގެ ސަޕޯޓަރުން އެ ޕާޓީގެ އިސް ލީޑަރަށް ހޫނު މަރުހަބާއެއް ކިޔެވެ.

މިރޭ 8:30 ގައި އެ ރަށުގައި އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާއެއް ބާއްވަވާނެ އެވެ. ނަޝީދު ބ. އަތޮޅުގެ ހަ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ދެން ވަޑައިގަންނަވާނީ މާދަމާ ހެނދުނު ހިތާދޫ އާއި ގޮއިދޫ އަށެވެ. އެއަށްފަހު މެންދުރުފަހު 1:30 ހާއިރު އޭދަފުއްޓަށާއި ކުޑަރިކިލަށް އަދި މާދަމާ ހަވީރު ވަޑައިގަންނަވާނީ ދަރަވަންދު އަށެވެ.  

އެ ރަށްރަށުގައި ވެސް ޕާޓީގެ މެމްބަރުންނާ ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28ގަ އެވެ. އެ ޕްރައިމަރީގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާނެ އެވެ. ކެމްޕޭނަށް ރައީސް ސޯލިހު ވެސް ވަނީ އިއްޔެ ބ. އަތޮޅަށް ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.