ރަން ތާޖު ޤުރުއާން މުބާރާތް: އޭދަފުށި އޮޑިޝަން ފެބްރުއަރީ 1 ގައި

”ރަން ތާޖު” ޤުރުއާން މުބާރާތް ލޯންޗުކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން

ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް، “ރަންތާޖު” ޤުރްއާން މުބާރާތުގެ އޭދަފުށި އޮޑިޝަން އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.

300،000ރ. ގެ އިނާމު ލިބޭ މި މުބާރާތަކީ ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބާއްވާ މި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާއިރު، މުބާރާތަށް ބައިވެރިން ހޮވާނީ ރާއްޖޭގެ 10 ސަރަހައްދެއްގައި ބާއްވާ އޮޑިޝަންތަކުން ނެވެ.

މުބާރާތުގެ އޭދަފުށީގެ އޮޑިޝަން އޮންނާނީ އަންނަ ފެބްރުވަރީ 1 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް އޭދަފުށީ މަލްޓިޕާ÷ޕަސް ހޯލުގެ ސެމިނާ ރޫމް 1 ގަ އެވެ.

މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. އޮޑިޝަން ކުރިއަށްދާ ހޯލަށް ވަޑައިގަތުމުން މި އޮޑިޝަންގައި ބައިވެރިވެވޭނެ އެވެ.

މި އޮޑިޝަންތައް އޭދަފުށީގެ އިތުރުން ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިއަށް ގެންދެ އެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ލ. ގަން އަދި ދ. ކުޑަހުވަދޫ ގަ އެވެ. އަދި އއ. ރަސްދޫ، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ގައި ވެސް އޮޑިޝަން ބާއްވާނެ އެވެ.

އޮޑިޝަންތަކުން 20 ބައިވެރިން ހޮވައި، އެ ބައިވެރިންގެ މެދުގައި ބާއްވާ ބުރުތައް މާލޭގައި ކުރިއަށް ދާނެއެވެ. މުބާރާތް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށެވެ. އެއީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމެވެ.

މި މުބާރާތުގައި ޕީއެސްއެމުން ގެނެސްދީފައިވާ “އެންމެ އަލިގަދަ ތަރި” ފަދަ ޤުރުއާން މުބާރާތްކުން އެއްވަނަ ހޯދާފައިވާ މީހުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.