
އުރީދޫއިން ރޯދަމަހަށް ހާއްސަކޮށް ރޯދަ ކުއިޒެއް ފަށައިފި އެވެ.
އުރީދޫން ބުނިގޮތުގައި މި ކުއިޒަކީ މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކުރިއަށް ގެންދާ ކުއިޒެކެވެ. ކުއިޒްގައި ހުށަހަޅާފައިވާ ސުވާލުގެ ޖަވާބު، ސުވާލާ އެއްކޮށް ހިމެނޭ ފޮޓޯ ޕަޒްލްއިން ހޯދައި އެ ފޮޓޯ ކޮމެންޓެއްގެ ގޮތުގައި އަޕްލޯޑު ކުރަން ޖެހޭނެ އެވެ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOoredooMaldives%2Fposts%2Fpfbid0bLuDwP4xKyuBchifn4BpXrjEf7U11gY6i91hW3ZSkBMD58PZyt4iXevjjti5SfAhl&show_text=true&width=500
ޕީސް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ކުއިޒުގެ ޖަވާބުގެ ގޮތުގައި ކޮމެންޓް ހުށަހެޅުމަށް ލިބޭނީ އެ ރޭގެ ދަންވަރު 11:59އާ ހަމައަށެވެ.
މި މުބާރާތުގައި ހަފްތާގެ އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ފިޓް 2 އެއް ހުށަހަޅާފައިވާ އިރު ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އައިފޯން 14 ޕްރޯއެކެވެ.