ފޭލި ގުރުއާން މުބާރާތުން އެއްވަނަ އައިކް އާއި އަމްނާއު އަށް

ފޭލިން ބޭއްވި ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އައިކާ އަށް އިނާމު ހަވާލުކުރަނީ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން މި ރޯދަމަހު އޭދަފުށީގައި ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ މިރަށު އަލިތަރި އައިކާ އަލީ ވަހީދު އާއި ރ. އިނގުރައިދޫ، އާހް އަމްނާއު އަޙްމަދު ޝާހިދު ހޯދައިފި އެވެ.

އައިކާ މުޅި މުބާރާތުން އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އަދި އަމްނާއު އެއްވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ.

ފޭލިން ބޭއްވި ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އަމްނާއު އަށް އިނާމު ހަވާލުކުރަނީ

އެ މުބާރާތުގެ ނަތީޖާ ފާޅުކުރަން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީ އަދި ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.

މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ލިބުނީ އޭދަފުށީ ތުޅާދޫ، ކަނދޮޅުމާގޭ ޒައުލް ބިން ޝާމިން ހުސައިން އަށެވެ. އެ ގޮފިން ތިންވަނަ ލިބުނީ އޭދަފުށީ އަޒުމް އަހްމަދު ޒައިކު ޒައީމަށެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން ތުޅާދޫ ހެދޭކުރި، ޢިއްޒަތު ނަޒީރު ދެވަނަ ހޯދި އިރު އެ ގޮފިން ތިންވަނަ ލިބުނީ ކ. ހުރާ، ހަނދުވަރުދޭގެ އަނާލް އަޙްމަދު ބިލާލަށެވެ.

މީގެ އިތުރުން މި މުބާރާތުގެ އެކި އުމުރުފުރާތަކުން ވެސް ދެ ގޮފިން ވަނީ ވަނަތައް ހޮވައި އިނާމާއި ޓްރޮފީދީފަ އެވެ.

މާޒިޔާ މެއިން ސްޕޮންސަރ ކޮށްފައިވާ މި މުބާރާތަށް ޔޫތު މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި އޭދަފުށީ ކައުންސިލުގެ އިތުރުން ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު އޭޕްރިލް 13-16 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 200 އަށްވުރެ ގިނަ ދަރިވަރުންނާއި މީހުން ބައިވެރިވި އެވެ. މި މުބާރާތަކީ ފޭލި ޖަމިއްޔާއިން ރޭވި މިފަދަ 18 ވަނަ ގުރްއާން މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.