
ބ. އަތޮޅަށް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ ބ. އަތޮޅު ހޮސްޕިޓަލަށް 14 ޑޮކްޓަރުންނާއި އެ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރަން 38 ނަރުހުން ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން 14 ޑޮކްޓަރުން މަސައްކަތް ކުރަން ޖެހޭނީ އަތޮޅު ހޮސްޕިޓަލުގަ އެވެ. ނަރުހުން ހޯދަނީ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާށެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، 26 މެޑިކަލް އޮފިސަރުންނާއި 10 ލެބޯޓަރީ ޓެކްނީޝަނުން އަދި ދެ ރޭޑިއޯގްރާފުން ހޯދަން ވެސް އިއުލާން ކޮށްފައިވެ އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 7 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.