އިންތިހާބުގެ ދެވަނަ ބުރަށް މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ގެ ދެވަނަ ބުރުގެ ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި، މޮނިޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފުރުސަތު ހުޅުވާލީ، ދެވަނަ ބުރުގައި އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކަމަށާއި މި މަގާމްތަކަށް ޝައުގު ހުރި ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައިވެސް ހަރަކާތްތެރިވާ ނަމަ އިތުރަށް ފާސް ހައްދަން ނުޖޭހެނެ ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމިއްޔާ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ، އެ މީހަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ވެގެން ނުވާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.