އުރީދޫގެ ކަސްޓަމަރުންނަށް އަޟްހާ އީދަށް ހާއްސަ އޮފާ ތަކެއް

އަޟްހާ އީދާ ދިމާކޮށް އުރީދޫން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫން އީދަށް ބޯނަސް ޑޭޓާ އާއި ގިފްޓިން އޮޕްޝަންސް އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭ އެކި އޮފާތައް ވަނީ ތައާރަފް ކޮށްފަ އެވެ.

ބޯނަސް ޑޭޓާ އޮފާ

ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ.

ގިފްޓް އަ ޕެކް

އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބޭނެ އެވެ.  ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވޭނެ އެވެ.

އެކްޓިވޭޓް އެންޑް ވިން

ޕްރީޕެއެޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވޭނީ ގުރުއަތުންނެވެ.

އުރީދޫގެ އިތުރު އޮފާ ތަކުގެ ތެރޭގައި  100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު ކުރެވޭނެ އެވެ. އަދި 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު ކުރެވޭނެ އެވެ.

އުރީދޫން ބުނީ މި އޮފާ ތަކުގެ ސަބަބުން މި އަޟްހާ އީދުގައި ވެސް އުރީދޫގެ ކަސްޓަމަރުންނަށް ރަގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. މި އޮފާތަކުގެ އިތުރު މައުލޫމާތު ހޯދުމަށް އަދި އެކްޓިވޭޓް ކުރުމަށް އުރީދޫ ސުޕައެޕް ބޭނުންކުރެވޭނެ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.