ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. ހިތާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 31 އަަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާ ހައްޔަރުކުރީ ބ. އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަނުގައި، ހިތާދޫ ބަނދަރު ސަރަހައްދުނެވެ.
“އޭނާއަށް ފުލުހުން ފެނުމުން، އޭނާ ގެންގުޅުނު ފޮށިގަނޑެއް ވަނީ އެއްލައިލާފައި. ފުލުހުން އެ ފޮށިގަނޑު ނަގައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ނުވަ ރަބަރު ޕެެކެޓު ވަނީ ފެނިފައި،” ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަަމުންނެވެ.