“ފަން ރަން”އަށް ލ. އަތޮޅަށް ދާން މޯލްޑިވިއަންގެ ހާއްސަ އޮފާއެއް

ރާއްޖޭގެ ގައުމީ އެއާލައިން އަދި “އުރީދޫ ފަން ރަން”ގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަނުން މި ހަރަކާތުގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދަށުން ލާމު އަތޮޅުގައި ބާއްވާ “އުރީދޫ ފަން ރަން”ގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ އިން ކައްދުއަށް ދެކޮޅު ޓިކެޓު 2488 ރުފިޔާއަށް ލިބިގެންދާނެވެ.

މޯލްޑިވިއަނުން މާލެއިން ކައްދުއަށް އަދި ކައްދުއިން މާލެއަށް ދަތުރުކުރަމުން އަންނަނީ ކޮޅަކަށް 1454 ރުފިޔާއަށެވެ. މި ޕްރޮމޯޝަނާއިއެކު ބައިވެރީންނަށް ކޮޅަކަށް 250 ރުފިޔާ އަގުހެޔޮ ވެގެންދާނެއެވެ.

ލާމު އަތޮޅުގައި “އުރީދޫ ފަން ރަން” ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހެވެ.

އުރީދޫ އިން ބުނީ މި ރަން ވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއެއް ކުރުވާނެ ރަން އަކަށް ކަމުގައެވެ. މި ރަންގައި ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ދުވުމުގެ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަންގެ ދަތުރުތަކުން ހާއްސަ އަގުތަކެއް ލިބޭނެއެވެ.

  • މަހުގެ ހަތަރަކުން- ފަސްވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް
  • މަހުގެ ހަޔަކުން- ހަތްވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް

މި އޮފާ ބޭނުންކުރުމަށް އުރީދޫ ފަން ރަން ގައި ރެޖިސްޓަރ ވެފައި ވާ ފަރާތްތަކުން އޯޑަރު އައިޑީ އާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި “އުރީދޫ ފަން ރަން ލާމު” ޖެހުމަށްފަހު [email protected] އީމެއިލް ކުރެއްވުމަށް އުރީދޫއިން ވަނީ އެދިފައެވެ.

އެ ކުންފުނިން ބުނީ މި ރަންގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް ކަމުގައެވެ.

މި ރަންއާއި ގުޅުވައިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމުގައެވެ.

“އުރީދޫ ފަން ރަން ލާމުގައި މޯލްޑިވިއަން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ޚާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރި ވުމަށް ފަސޭހަވެގެންދާނެ،” އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ ފަން ރަން – ލާމު އެޑިޝަންގެ މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.